ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި 68 އަހަރުގެ ފިރިހެނަކު ސަލާމަތްކޮށްފި

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 2:26

ށ. ފުނަދޫން ފީވަކަށް ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދިޔުމުން ކަނޑުވި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 11:50 ހާއިރު ލިބުމާ އެކު، ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ.

އުމުރުން 68 އަހަރުގެ އެ ފިރިހެންމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ގެންގޮސްފައި ވާއިރު އޭނަގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

މައުޟޫޢުތަށް