ދަގަނޑޭ ފިޓްވެ އަލުން ނިއުގެ ޕްރެކްޓިހަށް ނުކުމެއްޖެ
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 1:45
ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ ކަކުލަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަނަށް ފަހު ފިޓްވެ އިއްޔެ ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.
ދަގަނޑޭގެ ކަކުލުގެ މެނިސްކަސް އޮޕަރޭޝަންކުރީ މިދިޔަ އޮކްޓޫބަރު މަހު ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ.
ދަގަނޑޭ އަށް މަރުހަބާ ކިޔައި ނިއު އިން ކުރި ޕޯސްޓުގައި ބުނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދިގު، އުނދަގޫ މަރުހަލާއަކަށް ފަހު ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އައުމުގެ ފަހަތުގައި ވަނީ އޭނާގެ ބުރަ މަސައްކަތް ކަމަށެވެ.