ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވެއްޖެ

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 4:16

ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކެއްގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާއެއް ސާބިތުވެފައިވާ ހުސައިންގެ ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް މިއަދު ސާބިތުވެއްޖެ އެވެ.

ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި 2023 ވަނަ އަހަރު ހައްޔަރުކުރި ޝިފާއުގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ އަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ އެކެވެ.

އޭގެ ތެރެއިން މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށް ކުރިން ކްރިމިނަލް ކޯޓުން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެ ދައުވާތަކުގެ އަދަބެއް މިހާތަނަށް ކަނޑައެއް ނާޅަ އެވެ.

މައުޟޫޢުތަށް