ދުވަސް ނުފުރާ ވިހާ ކުދިންނަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރަކަށް ފައިސަލް
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 7:26
ދުވަސްނުފުރާ ވިހާ ކުދިންގެ ތެރެއިން މަހެއް ނުވާ ކުދިންނަށް މެދުވެރިވާ ސިއްހީ މައްސަލަތަކުގެ ދާއިރާއިން ތައުލީމު ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ޑޮކްޓަރަކަށް ނިއޯނެޓޮލޮޖިސްޓް ޑރ. މުހައްމަދު ފައިސަލް ވެއްޖެ އެވެ.
ނިއޯނެޓޮލޮޖިސްޓުންނަކީ ދުވަސް ނުފުރާ ވިހާ ކުދިންނާއި އުފަންވާއިރު އެކި ބަލިތައް ހުންނަ ކުދިންނަށް މެދުވެރިވާ ސިއްހީ އެކިއެކި ކަންކަމަށް ފަރުވާ ދޭން ހާއްސަ ޑޮކްޓަރުންނެވެ. އެ ޑޮކްޓަރުން މަސައްކަތް ކުރައްވަން ޖެހޭނީ ކުޑަކުދިންނަށް ހިދުމަތްދޭ ނާސަރީ [އެންއައިސީޔޫ]ގަ އެވެ.
ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ބިދޭސީ ނިއޯނެޓޮލޮޖިސްޓް މަސައްކަތް ކުރެ އެވެ.