ސިންގަޕޯ އެއާލައިންގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ފަށައިފި

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 6:17

ދުނިޔޭގައި އެންމެ މަޝްހޫރު އެއް އެއާލައިން ސިންގަޕޯ އެއާލައިންސް އިން ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެމްއޭސީއެލުން ބުނި ގޮތުގައި އެއާބަސް 350ގެ ފްލައިޓެކެވެ. އަދި އެއީ ޓާމިނަލް 1 އިން އެއާބަސް 350ގެ ފްލައިޓަކަށް މަރުހަބާކީ ފުރަތަމަ ފަހަރެވެ.

ސިންގަޕޯ އެއާލައިންސް ވެފައި ވަނީ މި އަހަރުގެ ޖުލައި 26 ގައި ހުޅުވި ވީއައިއޭގެ އާ ޓާމިނަލްގައި ހިދުމަތް ފެށި 32 ވަނަ އެއާލައިނަށެވެ.

މައުޟޫޢުތަށް