ބޮޑު މުސާރައާއެކު ޑިވެލޮޕްމަންޓް ބޭންކުގެ މަތީ މަގާމުތަކަށް މީހުން ހޯދަން އިއުލާންކޮށްފި

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 7:31

ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މަތީ މަގާމުތަކަށް، ބޮޑު މުސާރައަކާ އެކު މީހުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

ޑީބީއެމް އިން ވަކިވަކިން ކުރި އިއުލާންތަކުގައި ވަނީ އެ ބޭންކުގެ އެކި ޑިޕާޓްމަންޓްތަކުގެ މެނޭޖަރު ލެވެލްގެ 13 މަގާމަކަށް މީހުން ހޯދަން ބޭނުންވާ ކަމަށެވެ.

މަގާމުތަކަށް ހޯދަނީ މާކެޓިކް އެގްޒެކެޓިވްއަކާއި ތިން ފައިނޭންސް މެނޭޖަރުންނާއި ދެ ކޮމްޕްލަޔަންސް މެނޭޖަރުންނާއި ދެ ފްރޮންޓް އޮފީސް އެގްޒެކެޓިވުންނާއި އައިޓީ މެނޭޖަރަކާއި އެޗްއާރު އެންޑް އެޑްމިން މެނޭޖަރަކާއި ކްރެޑިޓް އެންޑް ރިސްކް މެނޭޖަރަކާއި ލީގަލް މެނޭޖަރެއް އަދި އިންޓާނަލް އޮޑިޓް މެނޭޖަރެކެވެ.

މައުޟޫޢުތަށް