ބީބީސީން އަބުރު ނަގާލި ކަމަށް ބުނެ 10 ބިލިއަން ޑޮލަރު ހޯދަން ޓްރަމްޕު ދައުވާކޮށްފި

މިހާރު

17 ޑިސެމްބަރު 2025 | ބުދަ | 7:29

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސްޕީޗެއް އެޑިޓްކޮށް، މާނަ އޮޅޭ ގޮތަށް ދެއްކި މައްސަލައިގައި އަބުރު ގެއްލިފައިވާ ކަމަށާއި އެހެންވެ ބަދަލުގައި 10 ބިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށް ބުނެ ދައުވާކޮށްފި އެވެ.

ދައުވާކުރަނީ، ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެ ބީބީސީން ޖެނުއަރީ 6، 2021 ގައި ދެއްކި ޓްރަމްޕުގެ ތަގުރީރަކާ ހެދި އެވެ.

ޓްރަމްޕުގެ ވާހަކަތަކުން އެކި ތަނުން އެކި ތަންކޮޅު ނަގައި މާނަ އޮޅޭ ގޮތަށް ހިމަނައިގެން ޑޮކިއުމެންޓްރީއެއްގައި ދެއްކީ މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް ބީބީސީގެ މަޝްހޫރު ޕެނޮރާމާ ޕްރޮގްރާމްގަ އެވެ.

މައުޟޫޢުތަށް