އުރީދޫ ފަން ރަން ކުޑަކުދިންގެ ހަވީރު ބުރާސްފަތި ދުވަހު ބާއްވަނީ
މިހާރު
16 ޑިސެމްބަރު 2025 | އަންގާރަ | 7:56
އަންނަ ހުކުރު ދުވަހު ބާއްވާ އުރީދޫ ފަން ރަންގެ ފޯރި އިތުރު ކުރުމަށް ބާއްވާ ހަރަކާތްތައް ބުރާސްފަތި ދުވަހު ފަށާނެ ކަމަށް އުރީދޫން ބުނެފި އެވެ.
ފަން ރަންގެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ބާއްވަނީ ކުޑަކުދިންގެ ހަވީރެކެވެ. ބުރާސްފަތި ދުވަހު ހަވީރު 4 އިން 6 އަށް ބާއްވާ މި ހަރަކާތް އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ބައިވެރިވާ އެ ހަވީރުގައި ތަފާތު އިނާމުތައް ލިބޭ ގިނަ ގޭމުތަކެއް ވަނީ ހިމަނައިފަ އެވެ. އަދި އެ ހަރަކާތުގައި ފްރީ ފްލައިން އެސޯސިއޭޝަނުން މަކާއޯ ދޫނިތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އާއިލާތަކަށް އުފާވެރި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އެ ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނަށް ކަމުދާނެ ގިނަ ހަރަކާތްތަކެއް ހިމެނޭނެ ހަވީރެއް ކަމަށް އުރީދޫން ބުންޏެވެ.