ސަރުކާރުގެ ކުންފުނިތަކުން މައުލޫމާތު ދޭނެ މީހުން އައްޔަންކުރަން ޕީސީބީން އަންގައިފި

މިހާރު

16 ޑިސެމްބަރު 2025 | އަންގާރަ | 9:05

އިންފޮމޭޝަން އޮފިސަރުންގެ މައުލޫމާތާއި އާރުޓީއައި ރިކުއެސްޓް ފޮނުވާނެ މެއިލް އެޑްރެސް ވެސް ވެބްސައިޓުގައި އާންމު ކުރަން ޕީސީބީން އެންގި.

ސަރުކާރުގެ ހުރިހާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ނުވަތަ ސަބްސިޑިއަރީ ކުންފުނިތަކުން މީޑިއާ އަށާއި އާންމުންނަށް މައުލޫމާތު ދޭނެ "އިންފޮމޭޝަން އޮފިސަރުން" އައްޔަން ކުރަން އެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީން މިއަދު އަންގައިފި އެވެ.

އެ އިދާރާ އިން ސަރުކާރުގެ ހުރިހާ ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތިން އިންފޮމޭޝަން އޮފިސަރުން އައްޔަންކުރަން އަންގައިފަ އެވެ.

މައުޟޫޢުތަށް