ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ޑެމްބެލޭ އަށް
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 9:32
ދޯހާ (ނޮވެމްބަރު 17) - ފީފާ ދި ބެސްޓް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފްރާންސް އާއި ޕީއެސްޖީގެ ތަރި އުސްމާން ޑެމްބެލޭ ހޯދައިފި އެވެ.
ނިމިދިޔަ ސީޒަންގައި ޕީއެސްޖީ އާއެކު ތާރީހީ ކާމިޔާބީތަކެއް ހޯދި ޑެމްބެލޭ ވަނީ ސެޕްޓެމްބަރު މަހު ބެލޮންޑިއޯ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
ފީފާ ބެސްޓް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕީއެސްޖީގެ ތާރީހުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ލުއިސް އެންރީކޭ އެވެ.