ފާޑުކިޔުން އަމާޒުވެ ވޯލްޑް ކަޕަށް އަގު ހެޔޮ ޓިކެޓްތަކެއް ވިއްކަނީ

މިހާރު

17 ޑިސެމްބަރު 2025 | ބުދަ | 10:10

ވޯލްޑް ކަޕުގެ ޓިކެޓްގެ އަގު ބޮޑުވެގެން ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން، އަގު ހެޔޮ ޓިކެޓްތަކެއް ވިއްކަން ފީފާ އިން ނިންމައިފި އެވެ.

ފީފާ އިން ނިންމާފައި ވަނީ މުބާރާތުގައި ކުޅޭނެ 104 މެޗަށް ވެސް 60 ޑޮލަރަށް (45 ޕައުންޑް) މަދު އަދަދެއްގެ ޓިކެޓްތަކެއް ވިއްކާށެވެ. ފީފާ އިން ބުނާ ގޮތުގައި މި ޓިކެޓްތައް ވިއްކަން ހަމަޖެހިފައި ވަނީ، މުބާރާތަށް ކޮލިފައި ވެފައިވާ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ގައުމީ ޓީމަށް ވަފާތެރި މަދު އަދަދެއްގެ ސަޕޯޓަރުންނަކަށެވެ.

އަދި މިއާ ގުޅިގެން މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ އެސޯސިއޭޝަންތަކަށް ކަނޑައަޅާފައިވާ ސަޕޯޓަރުންގެ ޖާގަ ވެސް ވަނީ އަށް ޕަސެންޓުން 10 ޕަސެންޓަށް އިތުރު ކޮށްދީފަ އެވެ.

މައުޟޫޢުތަށް