އާންޓީ އޭންސް އާއި ކާވަލް ވެސް ޖޫން މަހު ރާއްޖެއަށް
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 10:33
ދުނިޔޭގެ މަޝްހޫރު ދެ ފްރެންޗައިޒެއް ކަމަށްވާ "އާންޓީ އޭންސް" އާއި "ކާވަލް" ރާއްޖެ އަށް ގެނައުމުގެ ފްރެންޗައިޒް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ދިވެހިންގެ މެދުގައި ވެސް މަގުބޫލު ޕްރެޓްޒެލްސް އަށް ހާއްސަ "އާންޓީ އޭންސް" އައި "ކާވަލް" އައިސްކްރީމް ބްރޭންޑު ހިންގާ ގޯ ޓު ފުޑްސް އިންޓަނޭޝަނަލް އިން ވަނީ ރާއްޖޭގެ ބްރޫ އެންޑް ފީސްޓް ހޯލްޑިންގްސް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، "އާންޓީ އޭންސް" އާއި "ކާވަލް" ރާއްޖެ އަށް ތައާރަފު ކުރާނީ އަންނަ އަހަރުގެ ޖޫން މަހު ކަމަށެވެ. މިހާރު ވިސްނުން ހުރީ ހުޅުމާލޭގައި މައި ތަން ހުޅުވުމަށް ފަހު މާލެ އާއި ހުޅުމާލޭގައި އިތުރު ކިއޮސްކުތަކެއް ގާއިމް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.