ރާއްޖެއަށް އެތެރެކުރި 1.9 ކިލޯ ޑްރަގާ ހަވާލުވާން ދިޔަ މީހާ 18 އަހަރަށް ޖަލަށް

މިހާރު

17 ޑިސެމްބަރު 2025 | ބުދަ | 12:01

ރާއްޖެއަށް އެތެރެކުރި 1.9 ކިލޯގެ ޑްރަގްގެ މައްސަލައެއްގައި، އެ ތަކެއްޗާ ހަވާލުވާން ދިޔަ އަންހެނަކު 18 އަހަރަށް ޖަލަށްލުމާ އެކު 75،000.ރ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވާ ގޮތުން ގއ.ކަނޑުހުޅުދޫ ކަށިކެޔޮމާގެ، އަޒްމާ ޝަރީފް 18 އަހަރަށް ޖަލަށްލާން ހުކުމްކުރީ އެހެން މީހެއްގެ ނަމުގައި ސެޕްޓެމްބަރު، 2023 ގައި ފެޑެކްސް މެދުވެރިކޮށް ގެނައި މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ އޭނާ ހަވާލުވި މައްސަލާގަ އެވެ.

ޝަރީއަތުގައި ހެކިބަސް ދެމުން ފުލުހުން ބުނެފައިވާ ގޮތުގައި އެ ފޮށިގަނޑުގައި މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ އެމްޑީއެމްއޭ ހުރުމުން އޭގެ ވެރިފަރާތް ހޯދުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަނިކޮށް އެ ފޮށިގަނޑާ ހަވާލުވީ އަޒްމާ އެވެ.

މައުޟޫޢުތަށް