ފަހި ފްލެޓުގެ ކުއްޔާއި ޑައުންޕޭމަންޓް ދައްކަން އިތުރު ލުއިގޮތްތަކެއް ހަމަޖެއްސޭތޯ ބަލަނީ

މިހާރު

17 ޑިސެމްބަރު 2025 | ބުދަ | 12:47

ރައީސް ވިދާޅުވީ ފަހި ފްލެޓުގެ ކުއްޔާއި ޑައުންޕޭމަންޓާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވަރަށް ސީރިއަސްކޮށް ނަންގަވައި، ހައްލެއް ގެނެސްދެއްވާނެ ކަމަށް.

ކުރީގެ ސަރުކާރުގެ 4،000 ފްލެޓު މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޭ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ދައްކަން އިތުރު ލުއިގޮތްތަކެއް ހަމަޖެއްސޭތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން އިމާދުއްދީން ސްކޫލުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި، ރާއްޖޭގެ ޓިކްޓޮކްގައި މަޝްހޫރު އާމިނަތު އިރާޝާ (ފެރޯ ސިސް) އާއި އެހެން ބައެއް މީހުން ވެސް ވަނީ 4،000 ފްލެޓުގެ ޑައުންޕޭމަންޓާއި ކުއްޔާ ގުޅޭ ގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

މައުޟޫޢުތަށް