މިނިސްޓަރު ޒަމީރު މުހިންމު ސާޖަރީއެއް ކޮށްފި، ހާލު ރަނގަޅު!

މިހާރު

17 ޑިސެމްބަރު 2025 | ބުދަ | 11:36

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މުހިންމު ސާޖަރީއެއް ސިންގަޕޫރުގައި މިއަދު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ ޒަމީރު ކުރަން ޖެހޭ މުހިންމު މެޑިކަލް ސާޖަރީއެއް މިއަދު ކޮށްފައިވާ ކަމަށެވެ. އެއީ ދުރާލައި ތައްޔާރުވެގެން، މި ވަގުތަށް ކޮންމެހެން ކުރަން ޖެހުނު ސާޖަރީއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ޒަމީރުގެ ސާޖަރީ ކާމިޔާބު ކަމަށާއި ރިކަވަރީ އަށް މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތްއިރު ހާލު ރަނގަޅު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް