ކިއުއެސް އޮންލައިން އެމްބީއޭ ރޭންކިންގައި ވިލާ ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމް ރޭންކުކޮށްފި

މިހާރު

17 ޑިސެމްބަރު 2025 | ބުދަ | 12:37

ވިލާ ކޮލެޖުގެ އޮންލައިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމް، ދުނިޔޭގެ އެންމެ އިތުބާރުހުރި އެއް ރޭންކިން ޕްލެޓްފޯމް ކަމަށްވާ ކިއުއެސް (ކިއުއެސް) އޮންލައިން އެމްބީއޭ ރޭންކިންގްސް 2026 ގައި ރޭންކްކޮށްފި އެވެ.

އެއީ ރާއްޖޭގެ މަތީ ތައުލީމުދޭ މުއައްސަސާއަކުން ހިންގާ ޕްރޮގްރާމެއް ކިއުއެސް ވޯލްޑް ސަބްޖެކްޓް ރޭންކިންގައި ރޭންކް ކުރި ފުރަތަމަ ފަހަރެވެ. ދުނިޔޭގެ 27 ގައުމެއްގެ ޔުނިވާސިޓީތަކުގެ އޮންލައިން އެމްބީއޭ ޕްރޮގްރާމްތައް ހިމެނުނު މި ރޭންކިންސްގައި ދުނިޔޭގެ ނަން މަޝްހޫރު ބިޒްނަސް ސްކޫލްތަކުގެ އޮންލައިން އެމްބީއޭތައް ހިމެނެ އެވެ. މި ރޭންކިންސްގައި ވިލާ ކޮލެޖް ދަރަޖަކޮށްފައިވަނީ ޖުމްލަ ރޭންކިންއަށް ބަލާއިރު ދުނިޔޭގެ ޓޮޕް 150 އޮންލައިން އެމްބީއޭގެ ތެރޭގަ އެވެ.

މި ރޭންކިންގައި ވިލާ ކޮލެޖު ވަނީ އުނގެނުމުގެ ތަޖުރިބާ ވަޒަންކުރާ "ކްލާސް އެކްސްޕީރިއަންސް" ގެ މިންގަނޑުން، އޭޝިއާ ޕެސިފިކް ސަރަޙައްދުން ދުނިޔޭގެ އެއްވަނަ ރޭންކު ހޯދައިފަ އެވެ. ވިލާ ކޮލެޖުން ބުނީ އެއީ އޮންލައިންކޮށް ކިޔަވައިދޭއިރު ވެސް ދަރިވަރުންނަށް އެންމެ ފުރިހަމަ އެހީތެރިކަމާއި އުނގެނުމަށް ފަސޭހަ މާހައުލެއް ފޯރުކޮށްދިނުމަށް އެ ކޮލެޖުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް