ސްކޫލްތައް މުބާރާތަކަށް ވެއްޖެ ކަމަށް ވިދާޅުވެ ރާޝިދާ އެދިވަޑައިގަތީ ހޯމް ސްކޫލިން ތައާރަފްކުރަން
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 1:31
ރާއްޖޭގެ ސްކޫލްތަކުގައި އޮތީ މުބާރާތްތައް ކަމަށާއި ހޯމް ސްކޫލިން ތައާރަފްކުރަން ޖެހިފައިވާ ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ މީހުންނާ ބައްދަލުކުރަން ބާއްވަވާ ބައްދަލުވުންތަކުގައި ރޭ ގަލޮޅު ރައްޔިތުންނާ އެކި ބޭއްވެވި ބައްދަލުވުމުގައި ރާޝިދާ ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ހަމަޖެހިލައިގެން ނޭވާލާނެ ވަގުތުކޮޅެއް ސްކޫލްތަކުގައި މިހާރު ނުލިބޭ ކަމަށެވެ.
"ކިޔެވުން ވެސް މުބާރާތަކަށް ވެއްޖެ. އެކްސްޓާ އެކްޓިވިޓީސްތައް ވެސް މުބާރާތަކަށް ވެއްޖެ. ދުވަސްތައް ފާހަގަކުރުން ވެސް މުބާރާތަކަށް ވެއްޖެ. މިހާރު ސްކޫލުތަކުގައި ހުސް މުބާރާތްތައް އޮންނަހެން ހީވަނީ،" ޓީޗިން ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ރާޝިދާ ވިދާޅުވި އެވެ.