ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 12:53
ވިލާ ކޮލެޖުން، އަންނަ ޖެނުއަރީ މަހުގެ އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު ޖެނުއަރީ 11ގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ވިލާ ކޮލެޖްގެ ޖެނުއަރީ އިންޓޭކްގައި ފައުންޑޭޝަން ކޯސްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކާ ހަމައަށް 100 އަށް ވުރެ ގިނަ ކޯސްތަކަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ވިލާ ކޮލެޖުން ފުރުސަތު ހުޅުވާލަފައިވާ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓާ ސައިންސާއި ޓީޗިން އާއި އެޑިއުކޭޝަނާއި ޝަރީއާ އެންޑް ލޯގެ އިތުރުން ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތަކާއި ބިޒްނަސް މެނޭޖްމަންޓާއި އޭވިއޭޝަން މެނޭޖްމެންޓާއި އިންޓަނޭޝަނަލް ބިޒްނަސް އާއި އިކޮނޮމިކްސް އާއި އެކައުންޓިން އެންޑް ފައިނޭންސާއި ބޭންކިން އެންޑް ފައިނޭންސާއި މާކެޓިން އާއި ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސް ހިމެނެ އެވެ.