މާލޭގެ އިހުތިސާސްގައި ބްރިޖަކުން ގުޅުވާލެވޭނެ ހުރިހާ ތަނެއް ހިމެނޭނެ: ރައީސް
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 1:09
މާލޭގެ އިހުތިސާސްގައި ބްރިޖަކުން ގުޅުވާލެވޭނެ ހުރިހާ ތަނެއް ހިމެނޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ބިން ފުރުމުން ކައިރީގައި ހުރި ފަޅުތައް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޭތީ އާންމުންގެ މެދުގައި އެކަމަށް އޮތް ފާޑުކިޔުންތައް ވަރަށް ބޮޑެވެ. އެ ބަހުސްގެ ތެރެއިން ގިނަ ބަޔަކު އުފައްދާ އެއް ސުވާލަކީ މާލޭގެ އިހުތިސާސްގައި ނުހިމެނޭ ފަޅުތަކެއް ހިއްކައިގެން ގޯތި ދެނީ ކީއްވެގެން ހެއްޔެވެ؟
ރައީސް މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަން އިމާދުއްދީން ސްކޫލުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވަނީ އެ މައުލޫއު އަށް ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ. އެއީ ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކުމުގެ މަޝްރޫއާ ގުޅުވާ ދެއްކެވި ވާހަކަފުޅުގަ އެވެ.