ދެކުނު ކޮރެއާގެ ރައީސްގެ ބްރީފިންތައް ލައިވްކޮށް، ވިދާޅުވީ ނެޓްފްލިސްއަށް ވުރެ ރަނގަޅުވާނެ ކަމަށް

މިހާރު

17 ޑިސެމްބަރު 2025 | ބުދަ | 2:44

ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔުންގުގެ ބްރީފިން ސެޝަންތައް ލައިވްސްޓްރީމްކުރަން ފަށާފައި ވާއިރު އެއީ މުނިފޫހިފިލުވަން ނެޓްފްލިކްސް އަށް ވުރެ މާ ރަނގަޅު އެއްޗަކަށް ވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އާންމުކޮށް ރައީސްގެ ޕޮލިސީ ބްރީފިންތައް ބާއްވަމުން ދިޔައީ ސިއްރު ކަމެއްގެ ގޮތުގައި ނަމަވެސް މި ބްރީފިންތައް ލައިވްކުރަން ފެށީ "ޑައިރެކްޓް ޑިމޮކްރަސީ" އަށް ބާރު ދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ.

މިއީ ސިޔާސީ ހަމަނުޖެހުމުގެ ތެރޭގައި ހައްޔަރުކޮށް މަގާމުން ދުރުކުރި ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ ވެރިކަމުގައި އޮތް ކޮންޒަވޭޓިވް ސަރުކާރުގެ ސިޔާސަތާ ވަރަށް ބޮޑު ތަފާތެކެވެ.

މައުޟޫޢުތަށް