އިންޓަނެޓް ސްކޭމްތަކުން ރައްކާތެރިވުމަށް ދިރާގު ނެޓް ޕްރޮޓެކްޓް
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 3:14
ޑިޖިޓަލް ދުނިޔެއެއްގައި ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދަމުން ދާއިރު ޒާތީ އެކި މައުލޫމާތުތަކަކީ އެކި ވެބްސައިޓުތައް މެދުވެރިކޮށް ރައްކާކުރެވިފައި ހުންނަ އެއްޗެކެވެ. އިންޓަނެޓު މެދުވެރިކޮށް އެއް ވެބްސައިޓުން އަނެއް ވެބްސައިޓަށް ވަންނަމުން ދާއިރު، ނޭނގި ވިޔަސް ވަދެވޭ ލިންކުތަކުން މިފަދަ އެކި މައުލޫމާތުތައް ލީކުވެ، ސްކޭމަރުންގެ ދަންތުރައިގައި ޖެހެން މެދުވެރިވެ އެވެ.
އިންޓަނެޓް ހިދުމަތް ހޯދަމުން ދާއިރު، މިފަދަ ކަންކަމަށް ހުށިޔާރުވެ، ރައްކާތެރިކަން ހޯދުން މުހިންމު ވަނީ އެހެންވެ އެވެ. "ދިރާގު ނެޓް ޕްރޮޓެކްޓަކީ" މިފަދަ މަޅިއެއްގައި ޖެހުމުގެ ކުރިން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
ދިރާގު "ނެޓްޕްރޮޓެކްޓް" އަކީ މޮބައިލް ފޯނަށް އެސްއެމްއެސް އާއި ސޯޝަލް އެޕްތަކުން އަންނަ ފިޝިން ލިންކްތަކަށް ފިތާލެވިގެން ލިބިދާނެ ގެއްލުންތަކުން އަދި އިންޓާނެޓް ބޭނުން ކުރާއިރު ރައްކާތެރި ނޫން ވެބްސައިޓުތަކުން ރައްކާތެރިކޮށްދޭ ހިދުމަތެކެވެ. ލިންކަކަށް ފިއްތާލުމުން އެ ވެބްސައިޓަކީ ރައްކާތެރި ވެބްސައިޓެއް ނޫން ކަމުގައިވާނަމަ އެ ހިދުމަތުގެ އެހީގައި އެ ވެބްސައިޓް ލޯޑްވުމުގެ ކުރިން ކަސްޓަމަރަށް އެކަން އަންގައިދޭނެ އެވެ.