މީހުންގެ ހަށިގަނޑުގެ ބައިތައް ވިއްކި މައްސަލައެއްގައި ހާވަޑް ޔުނިވަސިޓީގެ ކުރީގެ މޯގު މެނޭޖަރު ޖަލަށް
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 8:22
މަޝްހޫރު ހާވަޑް މެޑިކަލް ސްކޫލަށް ސައިންޓިފިކް ދިރާސާގެ ބޭނުމަށް ހަދިޔާކޮށްފައި ހުރި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވިއްކި މައްސަލައެއްގައި އެތަނުގެ ކުރީގެ މޯގު މެނޭޖަރު އަށް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
ސެޑްރިކް ލޮޖް، 58، ވަނީ 2018 އިން 2020 މާޗް މަހުގެ ނިޔަލަށް، ސިކުނޑި، ހަން، އަތް، މޫނު އަދި ބޯ ވެސް ވިއްކާފައިވާ ކަމަށް އެއްބަސްވެފަ އެވެ.
މި މައްސަލައިގައި އޭނާގެ ވަނީ 2023 މެއި މަހު ހާވަޑް ޔުނިވަސިޓީގެ މަގާމުން ވަކިކޮށްފަ އެވެ.