ބޭބީސިޓާސް ގެނެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

މިހާރު

17 ޑިސެމްބަރު 2025 | ބުދަ | 6:14

ނަރުހުންނާއި ޓީޗަރުންނާއި ބިއުޓީޝަނުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް މި ހަފުތާގައި ގެނައި އިސްލާހުތަކުގެ ތެރެއިން ބޭބީ ސިޓާސް ނުގެނެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފި އެވެ.

ބިދޭސީންނާ ގުޅޭ އާ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތަކުގެ ތެރޭގައި އެ ގަވާއިދު މިދިޔަ އާދިއްތަ ދުވަހު ގެޒެޓް ކުރިއިރު ބޭބީ ސިޓާސްގެ ވާހަކަ ހިމަނާފައި އޮތެވެ.

އެހެންވެ، ވަރަށް ގިނަ ބަޔަކު ވަނީ އެއީ "ސްކިލްޑް" މަސައްކަތެއް ނޫން ކަަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ.

މައުޟޫޢުތަށް