މޫސާ އަލީ ޖަލީލް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 7:13
އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕީއެންސީގެ ޓިކެޓު ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމަށެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ހުށަހެޅި ފަރާތުގެ ނަން ފަލާހު ވިދާޅުނުވި ނަމަވެސް އެނގިފައިވާ ގޮތުގައި، އެއީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ސަރުކާރުން މިދިޔަ އަހަރު އަރުވާފައިވާ މޫސާ އަލީ ޖަލީލެވެ.