ލޯކަލް ކައުންސިލް އިންތިހާބަށް ބާއްވާ ޕީއެންސީ ޕްރައިމަރީ މި މަހު 27 ގައި
މިހާރު
17 ޑިސެމްބަރު 2025 | ބުދަ | 8:19
އަންނަ އަހަރުގެ އޭޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް، ވެރިކަންކުރާ ޕީއެންސީން ނެރޭ ކެންޑިޑޭޓުން ކަނޑައަޅަން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި މިމަހުގެ 27 ވަނަ ދުވަހު ޕްރައިމަރީ ބާއްވާނެކަން އެ ޕާޓީން މިއަދު އިއުލާނުކޮށްފި އެވެ.
ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން މި މަހުގެ 1-15 އަށް ހުޅުވާލި މުއްދަތު ހަމަވި އިރު ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލާފައިވާ ކަމަށެވެ.
"މިޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމާ މި ދޭތެރޭގައި، ފުރަތަމަ މިމަހުގެ 27 ވަނަ ދުވަހު ބޭއްވޭނީ ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގައި ޕްރައިމަރީ. އެކަމުގެ އިންތިޒާރުގައި މިހާރު ޕްރައިމަރީ އޮންނަ ދާއިރާތަކުގެ ކެންޑިޑޭޓުން ތިއްބަވާނީ،" ފަލާހު ވިދާޅުވި އެވެ.