އައްޑޫ ޑްރަގު އޮޕަރޭޝަނުން ހައްޔަރުކުރި ނަދީމްގެ ބަންދު މައްސަލަ ހައި ކޯޓުން ބަލައިނުގަތް

މިހާރު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 8:55

އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ނަދީމް (މައިލޯ ނަދަމާ) ބަންދު ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފި އެވެ.

އައްޑޫގައި އެންމެ ހަރަކާތްތެރި "މައިލޯ" ގްރޫޕަށް ނިސްބަތްވާ ނަދީމް މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހަށް ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި އެވެ.

އެ އަމުރުގެ މައްސަލަ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް ހައްޔަރުކުރުމާ ހަމައަށް ހުރި ނަދީމްގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ހައި ކޯޓަށް ހުށަހެޅިއިރު، އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.

މައުޟޫޢުތަށް