ސަރުކާރުން ނުދީ ލަސްވާ ފައިސާއިން ކުންފުނިތަކުގެ ޓެކްސް އުނިވާ ގޮތް ހަދަނީ

މިހާރު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 9:55

ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބި ލަސްވެގެން ދާއިރު ވެސް އެ ކުންފުނިތަކުން މީރާއަށް ޓެކްސްތައް ދައްކަން ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ޕްރޮޖެކްޓްތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާ އިރު މީރާއަށް ދައްކަން ޖެހޭ ފައިސާ ހޯދަން އެ އޮތޯރިޓީން ފިޔަވަޅު އަޅާ ކަމުގެ ޝަކުވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ފާޅުކުރުމުންނެވެ.

އެ ޝަކުވާ ހުށަހެޅި ބައެއް ވިޔަފާރިވެރިން ވަނީ އެފަދަ ހާލަތުގައި މީރާ އިން ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން ދޭން ޖެހޭ ފައިސާގެ ތެރެއިން އެ ފައިސާ ކަނޑަން ހުށަހަޅައިފަ އެވެ.

މައުޟޫޢުތަށް