ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން އުވާލައިފި

މިހާރު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 12:45

ބައްޝާރުލް އަސަދުގެ ވެރިކަމުގައި ސީރިއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއީމީކޮށް އުވާލައި ސީރިއާގައި އާރާސްތުކުރުމަށް އިންވެސްޓްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސީރިއާގެ މިހާރުގެ ރައީސް އަހްމަދު އައް ޝަރާގެ ސަރުކާރަށް ވެސް ދަތިވެފައިވާ ފިޔަވަޅުތައް، ސައުދީ އަރަބިއްޔާ އާއި ތުރުކީން އެދިގެން ދެ ފަހަރެއްގެ މަތިން ސަސްޕެންޑްކޮށްފަ އެވެ.

ނަމަވެސް ޝަރާ ވަނީ އެމެރިކާގެ ފިޔަވަޅުތައް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައި އޮތަސް ރަސްމީކޮށް އަދި ދާއިމީކޮށް އެ ފިޔަވަޅުތައް އުވާލައިގެން ނޫނީ ހަނގުރާމައަށް ފަހު އިންވެސްޓްމަންޓްތައް ގެންނަން ފަސޭހަ ނުވާނެ ކަމަށެވެ.

މައުޟޫޢުތަށް