އުކުޅަހުން ގެއްލުނު ޓޫރިސްޓު އެންމެ ފަހުން ދިޔައީ މޫދަށް ކަމަށް ބެލެވޭ: ކައުންސިލް

މިހާރު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 10:55

އއ. އުކުޅަހުން ގެއްލިގެން ހޯދަމުން އަންނަ ޓޫރިސްޓު އަދިވެސް ނުފެންނަ ކަމަށާއި، ބެލެވެނީ މޫދަށް ގެއްލުނީ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

އުކުޅަހުން ގެއްލިގެން ހޯދަން ކައުންސިލުން އިއްޔެ އިއުލާންކުރީ އެ ރަށުގެ ގެސްޓް ހައުސްއެއް ކަމަށްވާ "ލަ ޕަލްމާ ސްޓޫސް"ގައި ހުރި ރަޝިއާގެ ފިރިހެނެކެވެ.

އިއްޔެ ހެނދުނު އެ ރަށުން ފުރާ ގޮތަށް ހަމަޖެހިފައިވާ އެ ޓޫރިސްޓު އެންމެ ފަހުން ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރެވެ. އޭނާގެ މޮބައިލް ފޯނާއި އެހެން ހުރިހާ ސާމާނެއް ގެސްޓް ހައުސްގައި އޭނާ ހުރި ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މައުޟޫޢުތަށް