ރައީސް މުއިއްޒުގެ މަސައްކަތްޕުޅަށް 62 ޕަސެންޓް ތާއީދު އޮތްކަން ސާވޭއަކުން ދައްކައިފި
މިހާރު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 12:24
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާ މެދުގައި 62 ޕަސެންޓް މީހުން ހިތްހަމަޖެހޭކަން ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ ސާވޭއަކުން ދައްކައިފި އެވެ.
ރާއްޖޭގައި ހިންގާ ތިންކް ޓޭންކެއް ކަމަށްވާ ބާނީން ކުރި ސާވޭގައި ބުނީ، ރައީސް މުއިއްޒު ޒިންމާ އަދާކުރައްވާ ގޮތާ މެދުގައި، ވޯޓުލާ އުމުރުގެ ދިވެހިން ދެކޭ ގޮތް މިދިޔަ މަހު އަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން 62 ޕަސެންޓު މީހުން އެ މަނިކުފާނުގެ މަސައްކަތްޕުޅާ މެދު "ހިތްހަމަޖެހޭ" ނުވަތަ "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކަމަށް ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 23 އިން މި މަހު އެކެއްގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ސާވޭގައި ރައީސްގެ މަސައްކަތްޕުޅާ މެދުގައި "ހިތްހަމަނުޖެހޭ" ނުވަަތަ "ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ" ކަމަށް 38 ޕަސެންޓު މީހުން ބުނެފައިވެ އެވެ.