ރޭ ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީންނާ ސުވާލުކޮށް، އެކަކު ހައްޔަރުކުރި

މިހާރު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 1:04

އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ދަންވަރު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން އިއްޔެ ފެށި ޕްރޮގްރާމްގައި ރޭ 23 ބިދޭސިއަކާ ސުވާލުކޮށް، ގަވައިދާ ހިލާފަށް އުޅުނު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށު ތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ ރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުގައި އެދިވަޑައިގެންފަ އެވެ.

އެހެންވެ ފުލުހުންނާއި އިމިގްރޭޝަނުން ރޭ ވަނީ އެ މަސައްކަތް ފަށައިފަ އެވެ.

މައުޟޫޢުތަށް