ބޭރުގެ އިންޓެލިޖެންސް މައުލޫމާތަކަށް ހިންގި އޮޕަރޭޝަނެއްގައި ކެލާ ކައިރިން ލަންކާގެ ދެ ބޯޓު އަތުލައިގެންފި

މިހާރު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 1:22

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު ހިފެހެއްޓި އިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ދަތުރުކުރި ލަންކާގެ ބޯޓެއް މިދިޔަ މަހު ކުރީކޮޅު ވެސް ދިވެހި ސިފައިން ވަނީ އަތުލައިގެންފައި.

ބޭރުގެ އިންޓެލިޖެންސް މައުލޫމާތަކަށް ދިވެހި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހއ. ކެލާ ކައިރިން ސްރީ ލަންކާގެ ދެ މަސްބޯޓު އިއްޔެ އަތުލައިގެންފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި، އިންޓެލިޖެންސަށް ކޯސްޓްގާޑާއި އެއާކޯއިން ހިންގި ސަވެއިލަންސް އޮޕަރޭޝަނެއްގައި ކަމަށެވެ.

މައުޟޫޢުތަށް