ގްރޫޕްތައް އެއްވާ ތަންތަނުން ކުޑަކުދިން ފެނުން ކަންބޮޑުވާ ހިސާބަށް!

މިހާރު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 2:28

ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުންދާއިރު، ގްރޫޕްތަކުން ކުށްކުރާ ހިސާބުތަކުން މިހާރު ގިނައިން ފެންނަނީ ކުޑަކުދިން ކަމަށާއި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ކުށުގެ ވެށީގައި ކުރިން އުޅޭ މީހުންނަށް ވުރެ ބޮޑަށް މިހާރު ފެންނަނީ އާ މޫނުތައް ކަމަށެވެ. އޭގެތެރޭގައި ގިނައީ 17-18 އަހަރުގެ ކުދިން ކަަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެފަހުން އޯ ލެވެލް ހެދި ކުދިން. ނުވަތަ 18 އަހަރު ކިރިޔާ ވެފައި ނުވަތަ 17 އަހަރުގެ ކުދިން އެ ފެންނަނީ އެ ތަންތަނުން. އަޅުގަނޑުމެން ހޮޓް ސްޕޮޓްސްއޭ މި ކިޔާ ގްރޫޕްތައް އެއްވެގެން އޮންނަ ތަންތަނުން މި ފެންނަނީ 17 އަހަރުގެ ކުދިން،" ސީޕީ ވިދާޅުވި އެވެ.

މައުޟޫޢުތަށް