ދިވެހި މީހާ ބަދަލުވަނީ ބިދޭސީގެ "އަޅަކަށް"، ބިދޭސީން ސަލާމަތްކުރަން ހައެއްކަ ވަކީލުން ހިލޭސާބަހަށް
މިހާރު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 2:18
އެ ވާހަކަ ފައްޓަވަމުން ވެސް، ކަމުގެ ސީރިއަސްކަން ބޮޑުކަމުން އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހް ވިދާޅުވީ އެއީ އަޑުއަހަން އުނދަގޫ އެކަމަކު މިއަދު ރާއްޖޭގައި ކޮންމެ ދުވަހަކު ހިނގަމުންދާ ކަމެއް ކަމަށެވެ.
ރާއްޖޭގައި ވަކި މަސައްކަތެއް ކުރަން ދިވެހިން އިސްވެ ތިބެ، ބިދޭސީން ގެނައުމަށް ފަހު، ދިވެހި މީހާ ބަދަލުވަނީ ފަސީހުގެ ބަހުން ނަމަ "މުސާރަވެރިއަކަށް" ނުވަތަ ބިދޭސީމީހާގެ "އެމްޕްލޯއީ" އަކަށެވެ. އެ ބިދޭސީން ކަމެއްގައި ބެދިއްޖެ ނަމަ ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން 6-10 ވަރަކަށް ވަކީލުން ވެސް ވަގުތުން ނުކުމެެ އެވެ.
ފަސީހު އެ ވިދާޅުވެދެއްވީ، ރާއްޖޭގައި ބިދޭސީންގެ ބާރާއި ނުފޫޒު އޮތް ވަރެވެ. ދިވެހިން އެ މީހުންނަށް އަޅުވެތިވެފައިވާ މިންވަރެވެ.