ދަރްމެންދުރަގެ ފަހު ފިލްމު އަންނަ މަހު އެކަކަށް ފަސްކޮށްފި

މިހާރު

19 ޑިސެމްބަރު 2025 | ހުކުރު | 9:30

މި މަހު ކުރީކޮޅު މަރުވި ބޮލީވުޑްގެ ލެޖެންޑް ދަރުމެންދުރަ ފެންނާނެ އެންމެ ފަހު ފިލްމު "އިއްކިސް" ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ބޮލީވުޑްގެ އާ އެކްޓަރު އަދި ސުޕަސްޓާރު އަަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔަ ނަންދާގެ ދެވަނަ އަދި އަކްޝޭ ކުމާރްގެ ކޮއްކޮ އަލްކާ ބާޓީއާގެ ދަރިފުޅު ސިމަރް ބާޓިއާ ބޮލީވުޑަށް ތައާރަފުވާ "އިއްކިސް" ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނީ މި މަހު 25 ގަ އެވެ. އޭގެ ކުރިން މިދިޔަ މަހު ވެސް މި ފިލްމު ރިލީޒްކުރަން މަސައްކަތްކުރި އެވެ.

ނަމަވެސް، "އިއްކިސް" ގެނެސްދޭ މެޑްކޮ ފިލްމްސް އިން އިއްޔެ އިއުލާންކުރި ގޮތުގައި، އެ ފިލްމު ރިލީޒްކުރާނީ އާ އަހަރާ ދިމާކޮށް އަންނަ މަހު އެކެއްގަ އެވެ.

މައުޟޫޢުތަށް