ޝަމްއާން ބަންދުން ދުލެއް ނުކުރި، ހެކިބަސް ނިމުމުން ލުއި ދެވޭތޯ ބަލަނީ
މިހާރު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 4:39
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިވަގުތު ބަންދުން ދޫކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ ބިދޭސީ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައި، އޭނާ ދޫކޮށްލި ކަމަށް ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން މިހާތަނަށް ވެސް ޝަމްއާން ހުރީ ބަންދުގަ އެވެ.
ޝަމްއާން ބަންދު މުރާޖައާ ކުރަން އެދިފައިވިޔަސް، މިއަދު ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ މިވަގުތު ބަންދުން ދޫނުކުރެވޭނެ ކަމަށެވެ. އެކަމަކު، ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމުން ޝަމްއާން ދޫކޮށްލަން އިއުތިރާޒެއް ނުކުރާނެ ކަމަށް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުންޏެވެ.