މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެ

މިހާރު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 4:23

މަރުވެފައި އޮތް މީހަކު ގުޅީފަޅު ކައިރި ކަނޑުމަތިން މިއަދު ފެނިއްޖެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން މިހާރު ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މައުޟޫޢުތަށް