އދ. ގެ އޯޝަން ޑެކޭޑްގެ އެޑްވައިޒަރީ ބޯޑަށް ޝައުނާ އައްޔަންކޮށްފި
މިހާރު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 5:43
ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުމުގައި ކަނޑުގެ އިލްމުގެ ބޭނުން ހިފުމަށް އުފައްދާފައިވާ އދ. ގެ ޑެކޭޑް އޮފް އޯޝަން ސައެންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓްގެ އެޑްވައިޒަރީ ބޯޑަށް ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އައްޔަންކޮށްފި އެވެ.
ޝައުނާ "މިހާރު" އަށް މިއަދު ވިދާޅުވީ އެ މަގާމަށް އޭނާ އައްޔަންކުރީ މިދިޔަ ހަފުތާގައި ކަމަށެވެ. އެ މަގާމުގައި އަދާކުރައްވާނެ ދެ އަހަރުގެ ދައުރު ފެށޭނީ އަންނަ މަހު އެކަކުން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އދ. ގެ ޔުނެސްކޯގެ ދަށުން ހިންގާ "އޯޝަން ޑެކޭޑް"އަކީ ރާއްޖެ ކަހަލަ ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ ގައުމަކަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އިނީޝިއޭޓިވް އެކެވެ.