ހުޅުމާލެ 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ބަހައްޓައިފި
މިހާރު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 7:21
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމްއެއް މިއަދު ބަހައްޓައި ހިދުމަތް ފަށައިފި އެވެ.
ރުފިޔާ އޭޓީއެމް ބެހެއްޓީ ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގަ އެވެ. އިތުރު ރުފިޔާ އޭޓީއެމް އަކާއެކު ޑޮލަރު އޭޓީއެމް ސެންޓަރު ހެދީ ސްޓެލްކޯ ފްލެޓުތައް ކުރިމަތީގަ އެވެ.
އެ ހިދުމަތްތައް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.