ޑްރަގުގެ ބޮޑެއް ކަމަށް ތުހުމަތުވާ އަންވަރު ދޫކޮށްލި މައްސަލަ ހައި ކޯޓުން ބަލައިގެންފި

މިހާރު

23 ޑިސެމްބަރު 2025 | އަންގާރަ | 12:22

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ކުރިން ހައްޔަރުކުރި އަލީ އަންވަރު އެފަދަ އެހެން މައްސަލައެއްގައި ހައްޔަރުކުރުމުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.

ސ. ހިތަދޫ ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު ހައްޔަރުކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިދިޔަ އޮކްޓޯބަރު މަހު އެވެ. އޭނާއަކީ ރާއްޖެއަށް އީރާނުގެ ބޯޓަކުން ކުރިން އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ވެސް 2019 ވަނަ އަހަރު ހައްޔަރުކުރި މީހެކެވެ.

އަލީ އަންވަރު އޮކްޓޯބަރު މަހު ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އަދި އޭނާ ދޫކޮށްލުމުން ސްރީ ލަންކާ އަށް ދިއުމާ އެކު، އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލުމުން ދިވެހި ފުލުހުން ވަނީ އޭނާ އަލުން ހައްޔަރުކޮށްފަ އެވެ. މިހާރު އޭނާ ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގަ އެވެ.

މައުޟޫޢުތަށް