ފަސް އަހަރުގެ ތެރޭގައި އިރުވައި މޫސުން އެންމެ އަވަހަށް ފެށުނު އަހަރު
މިހާރު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 10:11
މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ އަވަހަށް އިރުވައި މޫސުން ފެށުނު އަހަރަކަށް މި އަހަރު ވެއްޖެ އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ އެ އޮފީހުން ބަލާ މިންގަނޑުން މި އަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށުނީ އިއްޔެ (ޑިސެމްބަރު 17، 2025ގައި) ކަމަށެވެ.
މިއީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިރުވައި މޫސުން އެންމެ އަވަހަށް ފެށުނު އަހަރެވެ.