ހުޅުމާލެ ފޭސް 3 ގެ ގޯތިތަކުގެ ގުރުނެގުން ހޮނިހިރު ދުވަހު

މިހާރު

19 ޑިސެމްބަރު 2025 | ހުކުރު | 12:17

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ، އެ ގޯތިތައް ލިބުނު މީހުންގެ މެދުގައި ގުރުއަތުލުން ހޮނިހިރު ދުވަހުގެ 9:00 ގައި ކަލާފާނު ސްކޫލްގައި ފަށާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ކަލާފާނު ސްކޫލްގެ ހޯލަށް ވަދެވޭނީ ގޯތި ލިބޭ މީހުންގެ ތެރެއިން އެކަކަށެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މައުޟޫޢުތަށް