ވަކި ހާއްސަ އެއްޗެއް ހަދައި ސުތުރާގެ ގޮތުގައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެއް ނޫން: ފަތުވާ

މިހާރު

19 ޑިސެމްބަރު 2025 | ހުކުރު | 8:53

ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

ސުތުރާއަކީ ނަމާދުކުރާ މީހާގެ ކުރިމަތީގައި ޖަހާ ނުވަތަ ބަހައްޓާ އަސައެއް ނުވަތަ އެ ނޫން ވެސް އެއްޗެކެވެ. ނުވަތަ ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ދިއުން ހުއްޓުވުމަށްޓަކައި އޭނާގެ ކުރިމަތީގައި ބަހައްޓާ އެއްޗެކެވެ. އެ ބޭނުމުގައި ސުތުރާގެ ގޮތުގައި ހަދާފައިވާ ތަކެތި މިހާރު މިސްކިތްތަކުގައި ވަރަށް ގިނައިން ބަހައްޓާފައި ހުރެ އެވެ.

ފިލައިން ހަދާފައިވާ ސުތުރާ މިސްކިތްތަކުގައި ބަހައްޓާފައި ހުންނާތީ، އެކަމުގެ ހުކުމް ބަޔާން ކޮށްދޭން ފަތުވާ މަޖިލީހުން ވަނީ މި ހަފުތާގައި ފަތުވާއެއް ނެރެފަ އެވެ. އެ ފަތުވާގައިވާ ގޮތުން ސުތުރާ ބޭނުން ކުރުމާއި ސުތުރާގެ ގޮތުގައި ވަކިން ހާއްސަ އެއްޗެއް ހަދައިގެން ބޭނުން ކުރުން މިއީ ތަފާތު ދެ ކަމެކެވެ.

މައުޟޫޢުތަށް