ފަހި ފްލެޓުތަކުގެ ކުޑަކުރި ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލު އާއްމުކޮށްފި
މިހާރު
19 ޑިސެމްބަރު 2025 | ހުކުރު | 12:19
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށް، މިހާރު ދައްކަން ޖެހޭ މިންވަރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އާންމުކުރައްވައިފި އެވެ.
ހުޅުމާލޭ 2 ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ އިއުލާނު ކުރައްވައިފަ އެވެ. އެ މަނިކުފާނު މިގޮތަށް ނިންމެވީ އެ ފްލެޓްތަކަށް ނަގާ ޑިޕޮސިޓާއި ސޯޝަލް އެހެން ސްކީމްތަކާ އަޅާބަލާއިރު ކުލި ބޮޑުކަމަށް އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެންނެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި ވަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓުތަކެއް އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު މަހަކު ދައްކަން ޖެހެނީ 8،000ރ. ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި އެ ތަނުގެ ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަން ޖެހެ އެވެ.