އީރާނުގައި ކުޅެން ދެކޮޅުހެދުމުން މޯހަން ބަގާން ސަސްޕެންޑްކޮށްފި

މިހާރު

19 ޑިސެމްބަރު 2025 | ހުކުރު | 4:31

އޭއެފްސީން ވަނީ މޯހަން ބަގާން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑް ކޮށްފައި

އޭޝިއާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ 2025/2026 ގައި މިދިޔަ ސެޕްޓެމްބަރު މަހު، އީރާނުގައި ކުޅެން އޮތް މެޗަކަށް އިންޑިއާގެ މޯހަން ބަގާން ދަތުރުކުރަން ދެކޮޅު ހެދުމާ ގުޅިގެން، އޭއެފްސީ އިން މޯހަން ބަގާން 100،000 ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށް ސަސްޕެންޑްކޮށްފި އެވެ.

ސެކިއުރިޓީ އާއި މެޑިކަލް އިންޝުއަރެންސް ނެތް ކަމަށް ބުނެ، ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އީރާނުގެ ސެފަހާނާ ދެކޮޅަށް ކުޅެން އޮތް މެޗަށް ދަތުރު ކުރަން މޯހަން ބަގާން ދެކޮޅު ހަދައި، މެޗަށް ހާޒިރު ނުވުމުން އޭއެފްސީން ވަނީ މުބާރާތުން އެ ކްލަބް ބޭރުކޮށްފަ އެވެ.

މައުޟޫޢުތަށް