ފީފާ އަރަބް ކަޕް: ހިތްވަރު ގަދަ އުރުދުން ބަލިކޮށް ތަށި ހޯދީ މޮރޮކޯ

މިހާރު

19 ޑިސެމްބަރު 2025 | ހުކުރު | 5:01

ފައިނަލްގައި އުރުދުންއާ ވާދަކޮށް އިތުރު ވަގުތު ކުޅެގެން މޮރޮކޯ، މި އަހަރުގެ ފީފާ އަރަބް ކަޕް ކާމިޔާބުކޮށްފި އެވެ.

ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި 84،517 ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު ފައިނަލް މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވި އިރު ދެ ޓީމު ވަނީ 2-2 އިން އެއްވަރު ވެފަ އެވެ. މޮރޮކޯ ޗެމްޕިއަންކަން ހޯދީ، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައިގެން، 3-2 ގެ ނަތީޖާއަކުންނެވެ.

މޮރޮކޯ ވަނީ މެޗުގެ ހަތަރުވަނަ މިނިޓުގައި އުސާމާ ތަނާންގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް ދެވަނަ ހާފު ފެށުނުތަނާ އުރުދުން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އަދި 68 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ލީޑު ވެސް ނެގި އެވެ. މި ދެ ލަނޑު ވެސް ޖަހައިދިނީ ޖުމްލަ ހަ ލަނޑާ އެކު މުބާރާތުގެ ރަން ބޫޓު ހޯދި އަލީ އުލްވާން އެވެ.

މައުޟޫޢުތަށް