ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ކޮންފަރެންސެއް ބާއްވަނީ

މިހާރު

19 ޑިސެމްބަރު 2025 | ހުކުރު | 7:09

ހުރިހާ ދާއިރާތަކުގެ ޒުވާނުން ބައިވެރިވެ ހިޔާލާއި ހޯދައި މަޝްވަރާ ކުރުމަށް ގައުމީ ޒުވާނުންގެ ކޮންފަރެންސެއް ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާ ގުޅިގެން އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބާއްވާ ޒުވާނުންގެ ކޮންފަރެންސްގައި 93 ޒުވާނުން ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

މާލޭގައި ދާދި ފަހުން ހުޅުވި ޔޫތު ހަބްގައި ބާއްވާ ޔޫތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްުޔާތު ޝަރަފުވެރި ކޮށްދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މައުޟޫޢުތަށް