އޮޑިން މާޒިޔާއާ ފަރަގު ކުޑަ ކޮށްފި!
މިހާރު
19 ޑިސެމްބަރު 2025 | ހުކުރު | 10:07
ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އޮޑި ސްޕޯޓްސްއިން، އެއްވަނައިގައި އޮތް މާޒިޔާއާ ފަރަގު ކުޑަކޮށްފި އެވެ.
ކުރިން ފަސް ޕޮއިންޓްގެ ފަރަގެއް މާޒިޔާ އާއި އޮޑީގެ ދެމެދުގައި އޮތެވެ. އެކަމަކު އިއްޔެ މާޒިޔާއިން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި އެއްވަރުވުމުން އެ ޓީމަށް ލިޑް ފުޅާ ނުކުރެވުނެވެ.
އޭގެ ފައިދާ އެންމެ ބޮޑަށް ނެގެން އޮތީ އޮޑި އަށެވެ. މިއަދު ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ކުރި ހޯދައި އޮޑިން ވަނީ ތިން ޕޮއިންޓަށް ފަރަގުކުޑަކޮފަ އެވެ. އެއްވަނައިގައި މާޒިޔާ އޮތީ 11 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. އޮޑިން މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމު ވަނީ 11 މެޗުން 28 ޕޮއިންޓް ހޯދާފަ އެވެ.