އާދަމް އާޒިމްގެ ހަތަރެސްފައިގައި ވެސް ހުރީ ހިދުމަތްތަކުގެ ކަންކަން ހޭކިފައި: ސަމީރު
މިހާރު
20 ޑިސެމްބަރު 2025 | ހޮނިހިރު | 12:16
މާލޭގެ މިހާރުގެ މޭޔަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ހޯއްދަވަން ކެމްޕެއިން ކުރައްވާ އާދަމް އާޒިމް ރާއްޖެ އަށް ކޮށްދެއްވާފައިވާ ހިދުމަތްތައް ވަރަށް ގިނަ ކަމަށާއި އާދަމް އާޒިމްގެ "ހަތަރެސްފައިގައި ވެސް ހުރީ" ހިދުމަތްތަކުގެ ކަންކަން ހޭކިފައި ކަމަށް ހއ. ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މައި ޖަގަހަ، ދަނޑިކޮށި ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ސަމީރު ވިދާޅުވީ އާދަމް އާޒިމަކީ އެ ޕާޓީ އަށް ތެދުވެރި، ވަފާތެރި ބޭފުޅެއް ކަމަށެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ސަމީރު ވިދާޅުވީ، އާދަމް އާޒިމް މާލޭގެ މޭޔަރަކަށް ގެނައުމަށް އަނެއްކާ ވެސް ބޭނުންވާ ސަބަބަކީ ހުރިހާ ހިދުމަތެއް ކޮށްދެއްވާފައިވާތީ ކަމަށެވެ.