މޭޔަރު ވިދާޅުވީ މަސް މާރުކޭޓުގެ އެއްބަސްވުމުގެ މައްސަލަ ނުނިމި ލަސްވަނީ މުއައްސަސާތަކާ ހެދި ކަމަށް!

މިހާރު

20 ޑިސެމްބަރު 2025 | ހޮނިހިރު | 9:50

މާލޭގެ މަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލު ކުރުމުގައި މިލިއަން ޑޮލަރުގެ ދެ އެއްބަސްވުން ހެދި މައްސަލާގައި އޮޑިޓް ރިޕޯޓު ނިންމައި މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާ ވެސް އެ ރިޕޯޓު ހިއްސާ ކުރައްވާފައިވާނެ ކަމަށް މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

މަސް މާރުކޭޓާ ގުޅޭ ދެ ކޮންޓްރެކްޓެއް އޮތް މައްސަލަ މިދިޔަ އޮގަސްޓު މަހު ފެންމަތިވެ، އެ މަހު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާ އަށް އެކަން އާދަމް އާޒިމް ވަނީ ގެންނަވައިފަ އެވެ.

މޭޔަރު ވިދާޅުވެފައިވާ ގޮތުގައި ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ މޭޔަރު ކަމުގެ މަގާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވުމަށް ފަހު، އެ މަނިކުފާނު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމުން އެ މަގާމު ހުސްވެފައި އޮތް ދުވަސްވަރު އެވެ. ދެވަނަ ކޮންޓްރެކްޓް ހަދާފައި އޮތީ ބިޑް ކޮމިޓީގެ ނިންމުމާ ހިލާފަށް އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ.

މައުޟޫޢުތަށް